col-xs-12
col-sm-12
col-md-1
col-lg-1
col-xs-12
col-sm-12
col-md-8
col-lg-8
col-xs-12
col-sm-12
col-md-3
col-lg-3
col-xs-12
col-sm-12
col-md-1
col-lg-1
col-xs-12
col-sm-12
col-md-7
col-lg-7
  • add-style
  • font-medium
  • lp-body-content

މާލެ، އޮކްޓޯބަރު 3، 2023 – ރާއްޖޭގެ ރިއަލް ޖީޑީޕީ 2023 ވަނަ އަހަރު %6.5 ގައި އަދި 2024 އިން 2025 އަށް އެވްރެޖްކޮށް %5.4 ކުރިއަރާނެ ކަމަށް ބެލެވުނު ނަމަވެސް، ހާއްސަކޮށް ދުނިޔޭގެ އިގްތިސާދީ ހީނަރުކަމުގެ ތެރޭގައި އަގުބޮޑުކޮށް ދަރަނި ނެގުން ކުރިއަށް ގެންދާ ނަމަ، މާލީ ގޮންޖެހުންތައް ބޮޑުވެ، އޭގެ އަސަރު އިގްތިސާދަށް ކުރާނެތީ ރާއްޖެއަށް ހުރި ގޮންޖެހުންތައް ބޮޑު ކަމަށް، ވޯލްޑް ބޭންކުން އަހަރަކު ދެ ފަހަރު ނެރޭ ރިޕޯޓެއްގައި ބުނެފި އެވެ.

އެންމެ ފަހުގެ ސައުތު އޭޝިއާ ޑިވެލޮޕްމަންޓް އަޕްޑޭޓްއާ އެކު މިއަދު ނެރުނު، 'ބެޓެން ޑައުން ދަ ހެޗަސް'ގެ ނަން ދީފައިވާ އެންމެ ފަހުގެ މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް ރިޕޯޓުގައިވާ ގޮތުން، ރާއްޖޭގެ މެދު ރާއްޖޭގެ އިގްތިސާދީ ތަސައްވަރު ރަނގަޅެވެ. އެކަމަކު ދުނިޔޭގައި ތަކެތީގެ އަގު ބޮޑުވުމާއި، ކެޕިޓަލް ހަރަދާއި ސަބްސިޑީއަށް ކުރާ ހޭދަ އިތުރުވުމާއި، ބަޖެޓް ޑެފިސިޓް ފޫބައްދަން މަރުކަޒީ ބޭންކުން ފައިސާ ދޭން ޖެހުމާއި، އިންފްލޭޝަން މަތިވުމާ ގުޅިގެން ރާއްޖޭން ދަނީ މާލީ ގޮންޖެހުންތަކާ ކުރިމަތިލަމުންނެވެ. މި ގޮންޖެހުންތަކުގެ ސަބަބުން މާލީ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށްޓަކައި އަވަސް އަދި ހަރުދަނާ މާލީ ފިޔަވަޅުތަކެއް އެޅުމާ އެކު، ޒިންމާދާރު ގޮތެއްގައި ދަރަނި ބެލެހެއްޓުން މުހިންމެވެ.

ޑެފިސިޓް ދަށްވާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، ރާއްޖޭގެ ޖުމްލަ ދަރަނި ޖީޑީޕީގެ ނިސްބަތުން %115އަށް ވުރެ މަތީގައި ހުންނާނެ ކަމަށް ބެލެވެ އެވެ. ސަރުކާރުން މި އަހަރުގެ ކުރީކޮޅު މުދަލާއި ހިދުމަތުގެ އަގުން ނެގޭ ޓެކްސް (ޖީއެސްޓީ) ރޭޓް ބޮޑުކުރި ނަމަވެސް، ހާއްސަކޮށް 2023 ވަނަ އަހަރަށް ރާވާފައިވާ ސަބްސިޑީ އިސްލާހުތައް ލަފާކުރި ގޮތަށް ތަންފީޒުކުރެވެމުން ނުދާތީ، މިއަށް ވުރެ ބޮޑު އަދި އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހެ އެވެ.

މާލީ ދެމެހެއްޓެނިވިކަން ކަށަވަރު ކުރުމަށްޓަކައި ރާއްޖޭން އާމްދަނީ އިތުރުކުރުމާ އެކު ހަރަދުތައް ރަނގަޅަށް ބަލަހައްޓަން ޖެހެ އެވެ. މުހިންމު އިސްލާހުތަކުގެ ތެރޭގައި އާސަންދަ ހެލްތު އިންޝުއަރެންސް ސްކީމް ފަދަ ޕްރޮގްރާމްތައް މުރާޖައާކޮށް، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް (ޚާއްޞަކޮށް ތެލާއި ކާބޯތަކެއްޗަށް ދޭ ސަބްސިޑީތައް) ރަނގަޅަށް އެކަށައަޅައި، ބެލެހެއްޓިގެން އަދި ރަނގަޅަށް އިންތިޒާމްވެގެން އުމްރާނީ ތަރައްގީގެ އިންވެސްޓްމަންޓްތައް ކުރުމަށް ވަރުގަދަ ޕަބްލިކް އިންވެސްޓްމަންޓް މެނޭޖްމަންޓް ނިޒާމެއް ގާއިމްކުރުން ފަދަ މުހިންމު އިސްލާހީ ފިޔަވަޅުތައް އެޅުން މުހިންމެވެ. އާމްދަނީގެ ދާއިރާއިން، ޓެކްސް ބޭސް ފުޅާކުރުމާއި، ރާއްޖޭގެ އެތެރެއިން އާމްދަނީ ލިބެން ހުރި ވަސީލަތްތަކުގެ ބޭނުން ހިފުމާއި، ނުރަސްމީ އިގްތިސާދީ ހަރަކާތްތައް މަދުކުރުމާއި، ޓެކްސްގެ އިންސާފުވެރިކަން އުފެއްދުން ފަދަ ފިޔަވަޅުތަކަށް ވިސްނުން ބަހައްޓަން ޖެހެ އެވެ.

"ރާއްޖޭގެ އިގްތިސާދު މި އަހަރު %6.5ގައި، ރަނގަޅު މިންވަރެއްގައި ކުރިއަރާނެ. ނަމަވެސް، ކުރިއަށް އޮތް ތަނުގައި މިހާރަށް ވުރެ ކާރިސާތަކަށް ތައްޔާރުވެފައިވާ އިގްތިސާދެއް ކަށަވަރު ކުރުމަށްޓަކައި އަދި ފަހުގެ އިސްލާހުތަކުގެ މައްޗަށް ބިނާކޮށް، ދުނިޔޭގެ އިގްތިސާދީ މި ނާޒުކު ހާލަތުގައި އަދި މިހާރު ވެސް ޑެފިސިޓްތައް މަތިވެފައިވާތީ، ދަރަނި ބެލެހެއްޓުމާއި ޕްލޭންކޮށްގެން އިންވެސްޓްމަންޓްތައް ކުރުން ހަރުދަނާކުރުން ހިމެނޭ ގޮތަށް މާލީ ފިޔަވަޅުތައް އެޅުން މުހިންމު،" ވޯލްޑް ބޭންކުން ރާއްޖެ، ނޭޕާލް އަދި ސްރީ ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗު ހަދާދު-ޒަރްވޮސް ވިދާޅުވި އެވެ. "ފަތުރުވެރިކަމަކީ ރާއްޖޭގެ އިގްތިސާދީ ކުރިއެރުމުގެ މައި އިންޖީނުގެ ގޮތުގައި ދެމި އޮތަސް، ތިމާވެއްޓާ ރަށްޓެހި ފަތުރުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތް ތަރައްގީކުރުމާއި، ދުރު ސަރަހައްދުތަކުގައި މަދުން އުމްރާނީ ތަރައްގީގެ ވަސީލަތްތަކަށް ހަރަދުކުރުމަށް އިސްކަންދިނުމާއި، އަމިއްލަ ވިޔަފާރިތަކުން ކުރާ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ބާރުއެޅުން ފަދަ ފިޔަވަޅުތައް އަޅައިފި ނަމަ، އެންމެންގެ ބައިވެރިވުން އޮންނަ، ދެމެހެއްޓެނިވި އަދި މޫސުމީ ބަދަލުތަކުގެ ގެއްލުންތަކާއި އެހެނިހެން ލޮޅުންތަކަށް ތައްޔާރުވެފައިވާ ފެހި އިގްތިސާދެއް ބިނާކުރުމަށް ރާއްޖެއަށް ބާރަކަށް ވާނެ."

މި ރިޕޯޓުގެ ސްޕެޝަލް ފޯކަސް ސެކްޝަން، 'ސަޕޯޓިން ސަސްޓެއިނަބަލް އެންޑް ރެސިލިއަންޓް އިންފްރާސްޓްރަކްޗާ'ގައި ފާހަގަކޮށްފައިވާ ގޮތުގައި، ރާއްޖޭން އުމްރާނީ ތަރައްގީގެ ހިދުމަތްތައް ދިނުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވީ ނަމަވެސް، ބަޖެޓަށް ވަރަށް ބޮޑަށް ބަރޯސާވެ، ގިނަ ފަހަރަށް ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތަށް ވުރެ ވެސް މަތިން އެފަދަ ހަރަދުތައް ކުރެ އެވެ. އަތޮޅުތަކުގައި އުމްރާނީ ތަރައްގީގެ ވަސީލަތްތައް ހަރުދަނާކޮށްފައި ވިޔަސް، ވެރިރަށް މާލެއާ އަޅާބަލާއިރު އަތޮޅުތަކުގައި ސާފު ބޯފެނާއި ނަރުދަމާ އާއި އިންޓަނެޓްގެ ހިދުމަތްތަކުގައި ތަފާތުތަކެއް އެބަހުއްޓެވެ. މި ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށްޓަކައި އެއްބާރުލުން ހަރުދަނާކުރުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ޕްލޭންކުރުމާއި، އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންތައް މެދުވެރިކޮށް އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމާއި، މާލީ ދަތިތަކާއި މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމަށް ޕަބްލިކް އިންވެސްޓްމަންޓް މެނޭޖްމަންޓް ނިޒާމު ހަރުދަނާކުރަން ޖެހެ އެވެ.

މީގެ އިތުރުން، އެންމެ ފަހުގެ ސައުތު އޭޝިއާ ޑިވެލޮޕްމަންޓް އަޕްޑޭޓް، 'ޓުވާޑް ފާސްޓަ، ކްލީނަ ގްރޯތު' ރިޕޯޓުގައި ލަފާކޮށްފައިވާ ގޮތުގައި، ކޮވިޑްގެ ބަލިމަޑުކަމަށް ފަހު އައި އިގްތިސާދީ ކުރިއެރުން މަޑުޖެހުމާއި، މާލީ ސިޔާސަތު ހަނިކުރުމާއި، މުދަލަށް ދުނިޔޭގެ ބާޒާރުގައި އޮތް ޑިމާންޑް ދަށަށް ދިއުމުގެ ސަބަބުން އިގްތިސާދީ ހަރަކާތްތަކަށް އަސަރުކުރުމާ ގުޅިގެން، 2024 އަދި 2025 ވަނަ އަހަރު ސަރަހައްދީ ކުރިއެރުން %5.6 އަށް މަޑުޖެހޭނެ އެވެ.

ސަރަހައްދީ އިގްތިސާދީ ކުރިއެރުންތަކާ ގުޅޭ ލަފާކުރުންތައް ދަށަށް ދާނެ ކަމަށް ބެލެވޭ ހިރާސްތައް ހުރިއިރު، އޭގެ ތެރޭގައި ނާޒުކު މާލީ ހާލަތްތައް ހުރުން ހިމެނެ އެވެ. ދެކުނު އޭޝިއާގެ ގައުމުތަކުގައި ދައުލަތުގެ ދަރަނި 2022 ވަނަ އަހަރު އެވްރެޖްކޮށް ޖީޑީޕީގެ 86%އަށް އަރާފައިވާއިރު، މިކަމުގެ ސަބަބުން ދަރަނި ނުދެއްކިދާނެ ކަމުގެ ނުރައްކާ އިތުރުވެ، ލޯނު ނެގުމުގެ ހަރަދު ބޮޑުވެ، އަމިއްލަ ވިޔަފާރިތަކަށް ލޯނުގެ ގޮތުގައި ދޫކުރަން ހުންނަ ފައިސާ އެހެން ދިމަދިމާލަށް ހޭދަކުރުން ހިމެނެ އެވެ. އަދި ޗައިނާގެ އިގްތިސާދީ ކުރިއެރުން އިތުރަށް ހީނަރުވެ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ގުދުރަތީ ކާރިސާތައް ގިނަވެ، އޭގެ އަސަރުތައް ބޮޑުވަމުން ދިއުމަކީ ވެސް މި ސަރަހައްދަށް އަސަރު ފޯރާފާނެ ކަންކަމެކެވެ.

މާލީ ގޮންޖެހުންތަކުގެ ސަބަބުން ދަތިތަކެއް ކުރިމަތިވެފައިވާ ސަރުކާރުތަކަށް ދުނިޔޭގެ ހަކަތައިގެ ދާއިރާއަށް އަންނަމުންދާ ބަދަލުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށްޓަކައި އެ ގައުމުތަކުގެ އިގްތިސާދުތަކަށް އެހީތެރިވުމުގެ ޖާގަ ހަނިވެ އެވެ. ގިނަ ފަހަރަށް ތަރައްގީވަމުން އަންނަ ގައުމުތަކަށް އިތުރު ބުރައެއްގެ ގޮތުގައި ދެކުނު ނަމަވެސް، ދެކުނު އޭޝިއާއަށް ހަކަތައިގެ ދާއިރާއަށް އަންނަމުންދާ ބަދަލުތަކަކީ ކުރިއަށް އޮތް ތަނުގައި ކުރިއެރުމާއި ވަޒީފާ އުފެއްދުމަށް ފުރުސަތު ލިބިގެންދާނެ ކަމެއް ކަމަށް ބެލެވެ އެވެ. އެ ފައިދާތައް ކުރާނީ، އަމިއްލަ ފަރާތްތަކުން އިންވެސްޓްމަންޓްތައް އިތުރުކޮށް، ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކޮށް، ތެޔޮ އެތެރެކުރާ މިންވަރަށް ބަރޯސާވުން ކުޑަކުރެވޭ ނަމަ އެވެ. މާލީ ޖާގަ ކުޑަ ނަމަވެސް، މާލީ ބާޒާރަށް ބިނާކޮށް ހަދާ ގަވާއިދުތަކާއި، ހޭލުންތެރިކަން އިތުރުކުރުމުގެ ކެމްޕެއިންތަކާއި، ފުޅާ ދާއިރާއެއްގައި ފައިސާ ލިބޭނެ ގޮތް ހަދައިދިނުމާއި، އިތުބާރު ހުރި ޕަވަ ގްރިޑްތަކުގެ ތެރެއިން ހަކަތަ އެކަށީގެންވާ ގޮތުގައި ބޭނުންކުރެވޭ ޓެކްނޮލޮޖީތައް ބޭނުންކުރުމަށް އަމިއްލަ ފަރާތްތަކަށް ހިތްވަރު ދެވިދާނެ އެވެ.

މީގެ އިތުރުން، ހަކަތައިގެ ދާއިރާއަށް އަންނަ ބަދަލުތަކުގެ ސަބަބުން ދެކުނު އޭޝިއާގެ ވަޒީފާގެ ބާޒާރަށް ވެސް ބޮޑެތި އަސަރުތަކެއް ކުރާނެ އެވެ. މި ސަރަހައްދުގެ މަސައްކަތްތެރިންގެ ގާތްގަނޑަކަށް ދިހަ ބައިކުޅަ އެއް ބައި މީހުންނަކީ ތަޣައްޔަރުވުން ބޮޑު ސިނާއަތްތަކުގައި ވަޒީފާ އަދާކުރާ ފަރާތްތަކެވެ. މި ވަޒީފާތައް ގިނަވެފައިވަނީ ވަޒީފާގެ ބާޒާރަށް އަންނަ ބަދަލުތަކަށް ނާޒުކު ފައްތަރެއްގައި ތިބި، ހުނަރު ދަށް އަދި ނުރަސްމީ މަސައްކަތްތެރިންގެ ތެރޭގަ އެވެ. ހަކަތައިގެ ދާއިރާއަށް އަންނަ ބަދަލުތަކުގެ ސަބަބުން އިތުރު އާ ވަޒީފާތައް އުފެއްދުމަށް އެހީތެރިވެދޭއިރު، ހީނަރުވަމުންދާ ސިނާއަތްތަކުގައި ވަޒީފާ އަދާކުރާ މީހުންނަށް ގެއްލުންތަކެއް ކުރިމަތިވެދާނެ އެވެ. މިފަދަ މަސައްކަތްތެރިން ހިމާޔަތްކުރުމަށް ފުޅާ ދާއިރާއެއްގައި ސިޔާސަތުތަކެއް އެކުލަވާލުމަށް ރިޕޯޓުގައި ލަފާދީފައި ވާއިރު، އޭގެ ތެރޭގައި މަތީ ފެންވަރުގެ ތައުލީމާއި ތަމްރީނާއި މާލިއްޔަތާއި މާކެޓްތަކަށް ރަނގަޅު ފުރުސަތުތަކެއް ހޯދައިދިނުން ހިމެނެ އެވެ. އެ ފުރުސަތުތަކުގެ ތެރޭގައި މަސައްކަތްތެރިން ދަތުރުފަތުރު ކުރުމަށް މަގުފަހިކޮށްދިނުމާއި އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުތައް ހަރުދަނާކުރުން ހިމެނެ

އެވެ.

2021 2022 2023f 2024f 2025f
Real GDP Growth, at constant market prices 37.7 13.9 6.5 5.2 5.5
Inflation (Consumer Price Index) 0.5 2.3 3.2 2.7 2.5
Current Account Balance (% of GDP) -8.7 -16.8 -17.6 -20.9 -19.4
Fiscal Balance (% of GDP) -14.2 -14.4 -12.4 -11.8 -10.4
Debt (% of GDP) 112.1 113.5 113.7 115.1 116.3

Sources: World Bank estimates and forecasts as of September 2023.

Note: (e)=estimate, (f)=forecast.

ގުޅުއްވުމަށް

ދިލިނީކާ ޕީރިސް

dpeiris@worldbank.org
+94-11-2128249
ކޮލަމްބޯގައި:

About The World Bank

The World Bank Group has a bold vision: to create a world free of poverty on a livable planet. In more than 100 countries, the World Bank Group provides financing, advice, and innovative solutions that improve lives by creating jobs, strengthening economic growth, and confronting the most urgent global challenges. For more information, please visit www.worldbank.org, www.miga.org, and www.ifc.org.

col-xs-12
col-sm-12
col-md-1
col-lg-1
col-xs-12
col-sm-12
col-md-3
col-lg-3
  • add-style

ގުޅުންހުރި ލިޔުންތައް

lp-heading-bottom-medium

OMBC

Online Media Briefing Center (OMBC) news for accredited journalists
Sign In
https://media.worldbank.org/
Register
https://media.worldbank.org/user/register
secondary
white-btn